ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2021 12:38

ނަންބަރު

1

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ދިރާސާކޮށް، އެންމެ މަތިން މާކްސް ލިބުނު ފަރާތް، ނައީމް އެންޑް ޖިނާން އެލް.އެލް.ޕީ އާއި ހަވާލުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ތާޢީދުކޮށް އަޣްލަބިއްޔަތުން ފާސްވެފައިވެއެވެ. 'ޗީފް އޮމްބަޑްސްޕަރސަން އާއި އޮމްބަޑްސްޕަރސަން' ގެ މުސާރައިގެ ގޮތުގައި ދެވަނަ އޮޕްޝަން ކަނޑައެޅުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކޮށް އިއްތިފާޤުން ފާސްވެފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައިވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއެސްޑް) ޕްރޮޖެކްޓަށް ސޮއި ކުރެވިފައިވާ ލޯނާއި، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މަޝްރޫއަށް ފައިސާ ހޯދުމަށް ސޮއި ކުރެވިފައިވާ ލޯނުގެ މަޢުލޫމާތުތައް ކޮމިޓީގެ މެންބަރުންނާއި ހިއްސާ ކުރެވިފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ޖެނުއަރީ 2021

ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގެ 19 ވަނަ މާއްދާގެ ދަށުން ކަނޑައަޅަންޖެހޭ "ޗީފް އޮމްބަޑްސްޕަރސަނާއި އޮމްބަޑްސްޕަރސަނުން"ގެ މުސާރައާއި ޢިނާޔަތް ކަނޑައެޅުން

ކޮމެޓީ މަސައްކަތް ނިމިފައި

9 ޑިސެމްބަރު 2020

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް ައިސަންސް ލިބިފައިވާ އޮޑިޓް ފާރމެއް ޢައްޔަނުކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

13 ނޮވެމްބަރު 2020

ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓާ ގުޅިގން އޭ.ޑީ.ބީ ބޭންކް އަދި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރެވިފައިވާ ލޯނާގުޅޭ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

4 ނޮވެމްބަރު 2020

ހުޅުމާލެ މަގުތަށް ހެދުމުގެ މަޝްރޫއަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާ ދެމެދު ސޮއިކުރެވިފައިވާ ލޯނުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA