ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2021 12:40

ނަންބަރު

3

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ލިބިފައިވާ މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް މަޝްވަރާކޮށް އެއާމެދު ގޮތެއް ނިންމުނެވެ. 1. ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސްތަކާ ގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތަކާގުޅޭގޮތުން މަޝްވަރާކޮށް، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ބޭންކުތަކުގެ ލަފާ ހޯދުމަށް ނިންމާފައިވެއެވެ. 2. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޔުނިމެކްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، އަބްދުލް ޣަނީ މޫސާގެ ބޭންކްގެ އެކައުންޓް މަޢުލޫމާތު އެ ބޭފުޅާގެ ހުއްދައާ ނުލާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ޙިއްސާ ކޮށްފައިވާ ކަމުގެ މައްސަލަ މަޝްވަރާ ކުރެވުނުވެ. 3. ޕާމް ބީޗް އައިލަންޑް ރިޒޯޓް އެންޑް ސްޕާ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޢަމަލު ކުރަމުންދާ ގޮތުގެ މައްސަލަ މަޝްވަރާކުރެވި، އެ މައްސަލަ ޝަރުޢީ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެ ފަރާތަށް އެންގުމަށް ނިންމާފައިވެއެވެ. 4. އދ. ފުށިދިއްގާ (ރަތްދިއްގާ) ގެ މުޢާމަލާތް މަޝްވަރާކޮށް، އެ މައްސަލަ ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރުމަށާއި، ކޯޓުގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭނަމަ އެއަށްވުރެ މަތީ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެޗް.އެމް.އެޗް.އައި ކޮންޕެނީ އަށް އެންގުމަށް ނިންމާފައިވެއެވެ. 5. އަދި ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާއިން 2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު މެންބަރުންނާ ހިއްސާކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA