ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

15 ފެބްރުއަރީ 2021 12:35

ނަންބަރު

4

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދާރުއްޒިކުރާގެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ، މުސްޢަބު ޢަބްދުﷲ/ ގ. އަރިސް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ރިޕޯޓުން އަދި އޮޑިޓަރ ޖެނެރަލް އޮފީހުން 2020 ވަނަ އަހަރު ނެރުއްވާފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2018 ވަނަ އަހަރުގެ މާލީ އޮޓިޑް ރިޕޯޓުން، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ފަންގިފިލާގެ މިސްކިތެއް އެޅުމުގެ މަޝްރޫޢުގައި ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކެއް ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށްފައިވާތީ، މި މައްސަލަ ކޮމިޓީއަށް ފޮނުއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ޙިއްޞާކުރުމަށާއި އަދި ދައުލަތުން އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އިކުއިޓީގެ ގޮތުގައި ދިން 30 މިލިއަން ރުފިޔާގެ މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގެ ޢިއްތިފާޤުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA