ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2021 12:38

ނަންބަރު

5

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސިޔާސީ ޕާޓިތަކުގެ މާލީ ނިޒާމުގެ ނަޒާހާތްތެރިކަން ހަރުދަނާކުރުމުގެ ދިރާސާ ރިޕޯޓް މަޝްވަރާކޮށް، ސިޔާސީ ޕާޓިތަކުގެ އެކައުންޓަބިލިޓީ މައްސަލަތައް ބެލުމަށް 3 މެންބަރުންގެ ސަބުކޮމިޓީ އެއް އެކުލަވާލެވިފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބައެއް އޮންލައިން ޕޭމަންޓް ސައިޓްސް ބްލޮކްކޮށް އަދި ޔޫއެސްޑީ ލިމިޓް 100 ޑޮލަރަށް މަދުކުރަން ކުންފުނީގެ ބޯޑުން ނިންމާފައިވާ މަޝްވަރާ ކުރެވިފައިވެއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޕާމް ބީޗް އައިލެންޑް އެންޑް ރިސޯޓް ވިއްކުމުގެ މައްސަލާގައި ރާއްޖޭގެ ނޫސްތަކުން ދޮގު މަޢުލޫމާތު ފަތުރައްވާފައިވާކަމަށް ބުނާ މައްސަލަ މަޝްވަރާކޮށް، އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވެއެވެ. އަދި މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަތުމަށް މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ފައިސާގެ ދީފައިވާ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، އެ މައްސަލަ އާ ގުޅުންހުރި ލިޔެކިޔުންތައް ޖުޑީޝަރީ ކޮމިޓީން ހޯދުމަށް ނިންމާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA