ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 ފެބްރުއަރީ 2021 12:35

ނަންބަރު

6

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައިވާ 2021 ވަނަ އަހަރުގެ ބަޖެޓު ކޭޝްފްލޯ ޕްލޭން މެންބަރުންނާ ޙިއްސާ ކުރެވިފައިވެއެވެ. އިންތިޤާލީ އިންސާފުގެ ޤާނޫނު އިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ޗީފް އޮމްބަޑްސްޕަރސަނާއި އޮމްބަޑްސްޕަރސަނުންއަށް ރައްޔިތންގެ މަޖިލީހުން ކަނޑައެޅުއްވި މުސާރައާއި ޢިނާޔަތް މުރާޖަޢާކުރެއްވުމަށް އެދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕރސަންގެ އޮފީހުން ފޮނުއްވާފައިވާ މައްސަލަ މަޝްވަރާކުރެވި، ކަނޑައެޅުއްވި މުސާރައާއި ޢިނާޔަތް މުރާޖަޢާ ނުކުރެއްވުމަށްވަނީ ނިންމާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އެންމެ މަދުވެގެން އިލެކްޝަންސް ކޮމިޝަނަށް 65،034،127 ރުފިޔާ ބަޖެޓެއް ލިބިގެން މެނުވީ ޤާނޫނުގައި ބަޔާންކުރާގޮތަށް އިންތިޚާބު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ މަޝްވަރާކޮށް، އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް އިތުރަށް މަޝްވަރާކުރުމަށްވަނީ ނިންމާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA