ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

23 ފެބްރުއަރީ 2021 13:00

ނަންބަރު

2

2021 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އެކުލަވާލައި ތަޞްދީޤުކޮށްފައިވަނިކޮށް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ނުފެށިފައިވަނިކޮށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒްއާ ބައްދަލުކުރެއްވިއެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތެއްކަމަށްވާ ކަޅުތުއްކަލާކޮށީގެ ގޯތި ތެރެއަށް ލިޔުންތަކެއް އަޅާފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް އައިސްފައިވާތީ އެ މައްސަލަ ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާގުޅޭ މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ 2 މެންބަރުން ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި ޢިޢުލާނަށް އިޖާބަ ދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ފޮނުއްވާފައިވާ މައްސަލައިގެ ސުންގަޑި އަކީ 4 މާރިޗު 2021 ކަމަށް ނިންމަވައި ކުރިމަތިލެއްވި ފަރާތްތަކާމެދު ޝަކުވާ ހުށަހެޅުމަށް ޢިއުލާން ކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA