ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

23 ފެބްރުއަރީ 2021 10:00

ނަންބަރު

9

2021 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމެވެ. ބިލުގެ 14 ވަނަ މާއްދާ މަޝްވަރާކޮށް، އެ މާއްދާ އިސްލާހުކުރެއްވިއެވެ. އަދި ބިލުގައި އެ މާއްދާއާއި ގުޅުން ހުރި އިތުރު މާއްދާތައްވެސް އިސްލާހުކުރެއްވުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. އަދި ބިލުގެ 10 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާ މެދުވެސް މެންބަރުން މަޝްވަރާކޮށް، ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. އެއަށްފަހު، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ދިރާސާކުރެއްވިއެވެ. އެގޮތުން، ބިލުގެ 14 ވަނަ މާއްދާގެ (ހ) ފެށިގެން އެ މާއްދާގެ (ށ) ގެ ނިޔަލަށް އިސްލާހުކޮށް ކޮމިޓީގެ ޢައުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
8 ޖޫން 2020 - ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު
4 މާރިޗު 2020 - ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA