ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

2 މާރިޗު 2021 11:20

ނަންބަރު

10

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލައާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅޭގޮތުން މި ކޮމިޓީން ހޯއްދަވާފައިވާ މައުލޫމާތުތައް ހޯއްދެއްވުމަށް މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، ކޮމިޓީން ނިންމެވީ އެ މައްސަލއާ ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކެއްކަމަށްވުމާއެކު، މާލިއްޔަތު ކޮމިޓީން ބޭނުންފުޅުވާ ލިޔެކިޔުންތަކުގެ ތަފްސީލް ހިއްސާކުރުމަށް އެކޮމިޓީއަށް ދެންނެވުމަށެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA