ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2021 10:00

ނަންބަރު

5

2021 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގޮސްފައިވަނީ، ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސަލައާ ގުޅިގެން ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސަރުކާރުގެ އިދާރާތަކުން ސާފުކުރެއްވުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ. ދެވަނަ ކަމަކަށް ކުރިއަށްގޮސްފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ ބިލްތަކުގެ ސުންގަޑި އިތުރުކުރުމެވެ. އެގޮތުން ސޫމަށް އަންނަ ބަދަލުތަކާބެހޭ ބިލްގެ ސުންގަޑި 30 މަރޗް 2021 ވަނަ ދުވަހަށް، އަދި ދިވެހިރާއްޖޭގެ ހަކަތައިގެ ބިލް ގެ ސުންގަޑި 28 އޭޕްރީލް 2021 ވަނަ ދުވަހަށް އިތުރުކުރުމަށ ކޮމިޓީއިން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA