ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 ނޮވެމްބަރު 2020 12:15

ނަންބަރު

69

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 69 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދ. ކަނޑިންމަ މޯލްޑިވްސް ރިޒޯޓުގައި ކާޕެންޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ، ދ. މާއެނބޫދޫ، ދިލްބަހާރުގެ / އާދަމް ނަޞީރު 30 އޮކްޓޫބަރު 2020 ގައި ނިޔާވެފައިވަނީ، އާދަމް ނަޞީރުއަށް ބޭސްފަރުވާ ހޯދުމަށް ކުރެވުނު މަސައްކަތަށް ކަނޑިންމަ މޯލްޑިވްސް ރިޒޯޓުގެ މެނޭޖްމަންޓްގެ ފަރާތުން ފަރުވާކުޑަކޮށް އިހުމާލުވެފައިވާތީކަމަށް ބަޔާންކޮށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅާފައިވާ މައްސަލައެވެ. މިމައްސަލައާއި ގުޅޭ ގޮތުން ކަންހިނގާފައިވާގޮތާއި، މައްސަލަ ތަޙްޤީޤުކުރަމުންދާނަމަ، ތަޙްޤީޤުކުރަމުންދާ އިދާރާތަކާއި، މިމައްސަލަ ބަލަމުން ގެންދޭތޯ އަދި މައްސަލައިގައި ޢަމަލުކުރައްވާފައިވާ ގޮތް އަދި ޢަމަލުކުރެއްވުމަށް ނިންމަވާފައިވާ ގޮތް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސާފުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
24 ނޮވެމްބަރު 2020 - ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅާފައިވާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA