ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

7 ޑިސެމްބަރު 2020 12:15

ނަންބަރު

70

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 70 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީން ސުންގަޑި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލުގެ ސުންގަޑި 31 އޮކްޓޫބަރު 2020 ގެ ނިޔަލަށް ހަމަވެފައިވުމާއެކު، އެ ބިލުގެ ސުންގަޑިއާމެދު ގޮތެއް ނިންމުމެވެ. އެގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވަނީ ބިލުގެ ސުންގަޑި 31 މާރިޗު 2021 ގެ ނިޔަލަށް އިތުރުކުރުމަށެވެ. މި ހުށަހެޅުން ވަނީ އެއްވެސް މެންބަރެއްގެ ޢިއުތިރާޒެއް ނެތުމުން އިއްތިފާޤުން ފާސްވެފައެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ސުންގަޑި ކަނޑައަޅައި މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ ކޮމިޓީން ޤަރާރުގެ މަސައްކަތް 17 ފެބްރުވަރީ 2021 ނިޔަލަށް ނިންމުމެވެ. މި ހުށަހެޅުން ވެސް ވަނީ އެއްވެސް މެންބަރެއްގެ ޢިއުތިރާޒެއް ނެތުމުން އިއްތިފާޤުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA