ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

9 ފެބްރުއަރީ 2021 12:15

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ޤަރާރާ ގުޅޭގޮތުން ކޮމިޓީން ލިޔުމުން ހޯދާފައިވާ މަޢުލޫމާތުތަކާ މަޝްވަރާކުރުމަށްފަހު، މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ސިޓީގެ 1.9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފެލިވަރު އަދި ކޫއްޑޫ އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގައި ހިމެނޭ ކޮމްޕޯނަންޓްތަކުގެ މަސައްކަތްތައް ފެށޭނެކަމަށް ލަފާކުރާ ތާރީޚާއި، އެ މަސައްކަތްތައް ނިމޭނެކަމަށް ލަފާކުރާ ތާރީޚުތައް ސާފުކޮށް އެނގޭނެގޮތަށް އެ ކޮމްޕޯނަންޓްތަކުގެ ޓައިމްލައިނާއި، އެ މަސައްކަތްތައް ނުފެށިވާ ސަބަބު އަދި، މަސްވެރިން ބާނާ މަސް ގަތުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ޙައްލުކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްޞީލާއި އެ މަޝްރޫޢުތަކުގެ ޓައިމްލައިންއެއް ލިޔުމުން ހޯދުމަށް ނިންމައި، އެ މަޢުލޫމާތުތައް ލިބުމުން ޤަރާރު ދިރާސާކުރުމުގެ މަސައްކަތްކުރުމަށް ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA