ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

8 މާރިޗު 2021 11:25

ނަންބަރު

12

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކޮށް، ކޮމިޓީން ގެންނަވާ އިޞްލާޙުތަކާއެކު ކޮމިޓީން ބިލު ނިންމެވިއެވެ. އެއަށްފަހު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފޮނުއްވާފައިވާ ސިޓީއާ އަދި އެ މައްސަލައާ ގުޅޭގޮތުން މާޅޮސްމަޑުލު ދެކުނުބުރީ މާޅޮސް ކައުންސިލުގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލައާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، މި ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތައް ސިއްރު މަޢުލޫމާތުތަކެއްގެ ގޮތުގައި އެ ކޮމިޓީއާ ޙިއްސާކުރުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA