ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2021 11:00

ނަންބަރު

2

2021 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން މަޝްވަރާކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ނޮން-ރެސިޑެންޓް 8 ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ މިހާރުވެސް ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުން ކަމަށްވާތީ، އިންޓަރވިއު ކުރުމަކާ ނުލައި އެބޭފުޅުން އެ މަޤާމަށް ހަމަޖެއްސެވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު" އާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA