ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

23 ފެބްރުއަރީ 2021 11:00

ނަންބަރު

5

2021 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ިރާސާކުރެއްވުމަށް ސަބް ކޮމިޓީ އެއް އެކުލަވާލުމަށް ކޮމިޓީން ފާސްވިއެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން؛ 1. މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު 2. ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް 3. ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އެއަށްފަހު، ދިވެހިރޢްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ، އިންގިރޭސިވިލާތައް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފިރު، ޑޮކްޓަރ ފަރަހަނާޒް ފައިޞަލް، ހ.އަމީނީގެ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީގެ އިއްތިފާޤުންވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA