ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

3 މާރިޗު 2021 10:00

ނަންބަރު

8

2021 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ވިއޯންގެ ފަރާތުން ބާއްވާ 4 ވަނަ ގްލޯބަލް ސަމިޓްއަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު މަޖިލީހުން މިކަން ކުރުމަށް ފެންނަ ކަމަށް ފާސްކުރެއްވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ 29 މެއި 2021 އިން ފެށިގެން 28 މެއި 2022 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މެންބަރުންގެ ޑިޕެންޑެންޓުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށްޓަކައި އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ ލަފަޔަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށްޓަކައި ޢާންމުކޮށް އިޢުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA