ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

15 މާރިޗު 2021 11:06 ނަންބަރު 14

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބެއް ނުލިބި ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ޖުޑީޝިއަރީ ކޮމިޓީން އެކުލަވާލައްވާފައިވާ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމަށް ޢަމަލީ ސިފައެއް އައިސްފައިނުވާތީ، މިހާރު ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި މައްސަލަ ކޮމިޓީން ދިރާސާކުރައްވާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިހާރު ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކުގެ މަޢުލޫމާތު، ކަމާ ގުޅުންހުރި އިދާރާތަކުން ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދެވިއެވެ. އަދި، ބިލުގެ 10 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީން ބިލުގެ މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން، ކޮމިޓީއަށް މިއަދު ލިބިފައިވާ އިތުރު 2 މައްސަލައެއްގެ މަސައްކަތް ނިންމަވާނެ ސުންގަޑި ކޮމިޓީން ކަނޑައެޅުއްވިއެވެ. އެގޮތުން، ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި، އެކަމުގެ ވިޔަފާރިކުރާ ފަރާތްތަކާއި އެކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް އެކަމުން ސަލާމަތްކުރުމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ދެނެގަނެ އެ ސިޔާސަތުތަކަށް ގެންނަން ފެންނ އިޞްލާޙުތައް ފާހަގަކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި މައްސަލައާއި، ދިވެހިރާއްޖޭގައި ކްލެމެންސީއާއި، ޕެރޯލް އަދި ނޮން-ކަސްޓޯޑިއަލް ޕެނަލްޓީ ދިނުމުގެ ނިޒާމާއި، އެ ނިޒާމުތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ދެނެގަނެ، އެ ނިޒާމަށް ގެންނަން ފެންނަ އިޞްލާޙުތައް ކޮމިޓީން ފާހަގަކޮށްދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި މައްސަލައިގެ މަސައްކަތް ކޮމިޓީން ނިންމަވާނެ ސުންގަޑިއަކީ 31 މާރިޗު 2021 ކަމުގައި ކޮމިޓީން ނިންމެވިއެވެ. އަދި، އެ މައްސަލަތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 މާރިޗު 2021

މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ ފަރާތްތަކާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ މައްސަލަ

ކުރިޔަށް ދަނީ

15 މާރިޗު 2021

ކްލެމެންސީ އާއި ޕެރޯލް އަދި ނޮން-ކަސްޓޯޑިއަލް ޕެނަލްޓީގެ ސިޔާސަތުތަކާގުޅޭ މައްސަލަ

ކުރިޔަށް ދަނީ

9 މާރިޗު 2021

މިހާރު ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނާގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA