ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

2021 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

16 މާރިޗު 2021 11:00 ނަންބަރު 9

ޚުލާސާ

ިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން، "ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް (އެމް.އޭ.އޭ.ސީ) އާއި "މަލްޓިލެޓަރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓަމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝިއަލް އެކައުންޓް އިންފޯމޭޝަން (އެމް.ސީ.އޭ.ސީ.އާރު.އެސް) އަދި "މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮންދަ އެކްސްޗޭންޖް އޮފް ކަންޓްރޯ ބައި ކަންޓްރީ ރިޕޯޓްސް (އެމް.ސީ.އޭ.އޭ.ސީ.ބީ.ބީ.ސީ)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި؛ ިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން، "ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

3 މާރިޗު 2021

(އެމް.އޭ.އޭ.ސީ) އާއި (އެމް.ސީ.އޭ.އޭ-ސީ.އާރު.އެސް) އަދި (އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

3 މާރިޗު 2021

"ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA