ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

9 ފެބްރުއަރީ 2021 10:15 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރޮޓޯރިއަމްގެ މުއްދަތު ހަމެވެ، މިހާރު އެ ކުންފުނިތަކުން ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ، އެ ވިޔަފާރިތަކަށް ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް އެދި މަޖިލީހުގެ ތަޅުމުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް މިހާރު ދީފައިވާ ލޯނުތަކުގެ ތަފްޞީލް އަދި އިތުރަށް ލޯނު އަދި މޮރޮޓޯރިއަމް ދެވިދާނެތޯ ބެލުމަށް ބީ.އެމް.އެލް، އެސް.ޑީ.އެފް.ސީ، އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރރުކޮށްދިނުމަށް ކުރެވިދާނެ އިތުރު ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކްތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސްތަކާ ގުޅޭގޮތުން އެ ބޭންކުތަކަށް ދިމާވާ ދަތިތައް ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ބޭންކްތަކުގައި ހުރި މިކަހަލަ ޕްރޮޕަޓީސް ތަކުގެ މައްސަލަ ޙައްލުވެގެންދާއިރު ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ވެސް ކުޑަވެ، އެކަމުން ރައްޔިތުންނަށް ފައިދާވާން ޖެހޭނެކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

8 ފެބްރުއަރީ 2021

ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކްތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސްތަކާ ގުޅޭގޮތުން

ކޮމެޓީ މަސައްކަތް ނިމިފައި

8 ފެބްރުއަރީ 2021

ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރޮޓޯރިއަމްގެ މުއްދަތު ހަމެވެ، ދިމާވާ ދަތިތަކުގެ މައްސަލަ

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA