ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2021 14:10

ނަންބަރު

5

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓުން ގިނަ ޢަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުން ފަދަ މައްސަލަތަކަށް ބޭންކުން ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވާތީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން އެ މައްސަލަތައް ޙައްލުކުރެއްވުމަށާއި އެފަދަ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް މިހާރު އަޅުއްވާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ކޮމިޓީއަށް މަޢުލޫމާތު ދެއްވާފައިވާތީވ،އެ މައްސަލައިގައި ކޮމިޓީން އިތުރަށް ބައްލަވަންޖެހޭކަމެއް ނެތްކަމުގައި ކޮމިޓީން ނިންމަވާފައިވާތީ، އެ މަޢުލޫމާތު މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމްއާ ޙިއްޞާކުރުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާޢީދުކުރައްވާ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކާ ގުޅޭ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެ މައްސަލައާ ގުޅޭ އެންމަހައި މުޢާމަލާތްތައް ބަލައި، އެކަމުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ މުވައްޒަފުންނާމެދު އަޅާފައިވާ ފިޔަވަޅުތަކާއި މި ޚިޔާނާތުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ އެންމެ ފަހުގެ ތަފްޞީލް ހޯދުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA