ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

2 މާރިޗު 2021 14:05

ނަންބަރު

11

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރއާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަލީ އިކްރާމް އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ އެ ކުންފުނީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބަލައި ނިމެންދެން ޢަލީ އިކްރާމް ސަސްޕެންޝަންގައި ބެހެއްޓުމަށް އެސް.ޓީ.އޯ އަށް ދެންނެވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އަދި މި މައްސަލައަކީ ހިއުމަން ރައިޓްސް އެންޑެ ޖެންޑަރ ކޮމިޓީއަށް ލިބި އެ ކޮމިޓީގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަމުން، މި މައްސަލަ އެ ކޮމިޓީއަށް ފޮނުއްވުމަށްފަހު، އެ ކޮމިޓީން ލިބޭ މަޢުލޫމާތު އިތުރަށް ދިރާސާކުރެއްވުމަށް ނިންމެވިއެވެ. އަދި މޯލްޑިވް ގޭސްއިން ގަނެފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވް ގޭސް އަދި އެސް.ޓީ.އޯ އަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި ރާއްޖެއަށް ގެންނަ ގޭސް ސިލިންޑަރތަކާއި އޮކސިޖަން ސިލިންޑަރތަކުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA