ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

7 މާރިޗު 2021 14:10

ނަންބަރު

12

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަދާކުރައްވަމުންގެންދަވާ މިންވަރު ބެއްލެވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތައް މޮނިޓަރކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީތަކާއި އެހެނިހެން އުސޫލުތައް އެއްގޮތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝަވަރާކުރެވުނެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA