އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

21 އޯގަސްޓު 2019 10:00 ނަންބަރު 12

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދުގައި މަޝްވަރާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނަށް ދެންނެވުމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއިދުކުރައްވައި ހުށަހެޅުމެއް ހުށަހެޅިގެން ދިޔައެވެ. މިހުށަހެޅުންވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. އެއަށްފަހުގައި ދެން ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިބިލާއި ގުޅިގެން މަސްވެރިކަމާގުޅޭ ޓެކްނިކަލް ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވިއެވެ. މަސްވެރިކަމުގެ ޓެކްނިކަލް ބޭފުޅުންގެ ގޮތުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ؛ 1. މައިޒާން އުމަރު މަނިކު 2. އުމަރު ޖަމާލް 3. އަލީ ޝަފީޤު މިބޭފުޅުންނާއި ބައްދަލުކުރެއްމަށްފަހުގައި، އިތުރަށް މިބިލާއި ގުޅޭގޮތުން ފާހަގަކުރެވޭ ކަމެއް ވާނަމަ، ކޮމިޓީއަށް ފޮނުއްވައިދެއްވުމަށް އެބޭފުޅުންނަށް ވަނީ ދެންނެވިފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 އޯގަސްޓު 2019

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

27 އޯގަސްޓު 2019

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA