ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 މާރިޗު 2021 10:10

ނަންބަރު

19

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކްތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސްތަކާ ގުޅޭގޮތުން އެ ބޭންކުތަކަށް ދިމާވާ ދަތިތައް ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާފައިވެއެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބައްލަވަމުން ގެންދަވާ މައްސަލައަކަށްވާތީ، ދެ ކޮމިޓީ އެކުގައި ޖޮއިންޓް-ކޮމިޓީއެއް އެކުލަވާލައިގެން އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، އެމް.ޓީ.ސީ.ސީގެ މިއަހަރު ބޭއްވި 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ތެރޭގައި ހަމަޖެހިފައިވާ އުޞޫލުތަކާއި ޚިލާފަށް ގިނަ ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަކުރެވޭތީ، އެކަން ބައްލަވައިދެއްވުން އެދި އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރު އަޙްމަދު އަބޫބަކުރު ހުށަހަޅުއްވާފައިވާ މައްސަލަ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެ ފަރާތަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރޮޓޯރިއަމްގެ މުއްދަތު ހަމެވެ، މިހާރު އެ ކުންފުނިތަކުން ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ، އެ ވިޔަފާރިތަކަށް ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރައްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA