ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

3 މާރިޗު 2021 00:45

ނަންބަރު

9

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ ޤަރާރާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާމެދު މަޝްވަރާކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އަދި ޓޫރިޒަމް މިނިސްޓްރީ އާ ބައްދަލުކުރުމަށާއި އަދި މި މައްސަލައާ ގުޅެ އެހެނިހެން އިދާރާތަކުން، މި މައްސަލަ ޙައްލުކުރުމަށް ކުރެވިފައިވާ ކަންކަން ދެނެގަތުމަށް ސިޓީ ފޮނުވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ކުރެއްވުން، އެއްވެސް މެންބަރަކު އިޢުތިރާޒްނުކުރެއްވުމުގެ ސަބަބުން ފާސްވިއެވެ. އަދި، ޤަރާރުގެ ސުންގަޑި އަކީ 03 ޖޫން 2021 ކަމުގައި ކަނޑައެޅުއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ކުރެއްވުން، އެއްވެސް މެންބަރަކު އިޢުތިރާޒްނުކުރެއްވުމުގެ ސަބަބުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA