ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

8 މާރިޗު 2021 12:35

ނަންބަރު

10

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) އިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްތިސްނާވެގެންވޭތޯ ސާފުކުރެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އެދިވަޑައިގެންފައިވާތީ، އެ އޮތޯރިޓީ އެ ޤާނޫނުން އިސްތިސްނާވެގެންވާކަމާމެދު ކޮމިޓީން ދެކެވަޑައިގަންނަވާގޮތެއް އަންގަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ލެވެލްގައި މަސައްކަތްކުރައްވާ ޢަބްދުﷲ ރަޝީދާއި ޢާދަމް ޝަރީފް އިސްވެހުންނަވައިގެން އިޙްތިޔާރު ލިބިދީފައިނުވާ ގޮތްގޮތަށް ކައުންސިލްތަކުގެ އިޙްތިޞާސް ހިމެނޭ ތަންތަނާޢި ލިބޭ ފައިސާގެ މަޢުލޫމާތުތައް އަތޮޅު ކައުންސިލަށް ހުރިހާ ބާރުތައް ލިބޭގޮތަށް ކަންކަން މަގުފަހި ކުރައްވަމުން ގެންދަވާކަމަށް ބަޔާންކޮށް ބ.ކަމަދޫ ކައުންސިލްގެ ރައީސް،އަޙުމަދު ސާޖިދު 07 މާރިޗުގައި 2021 ފޮނުއްވާފައިވާ މައްސަލައަކީ ލާމަރުކަޒީ ކޮމިޓީގެ އިޙްތިޞާސްގައި ހިމެނޭ މައްސަލައެއްކަމުން އެ ކޮމިޓީއަށް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު،ކޮވިޑް-19 އާ ގުޅިގެން އެސްޓީއޯ އަށް އިމްޕޯޓްކުރުމަށް ހަމަޖެހިފައިވާ ހަނޑޫ، ހަކުރު، ފުށް، އަދި ސިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި ފައިނޭންސް ކުރުމަށްޓަކައި ހޮންގްކޮންގް އެންޑް ޝަންގހައި ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑް އާއި އެސްޓީއޯ ދެމެދު ސޮއިކުރެވިފައިވާ 25 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަށް ދިވެހި ސަރުކާރުން ދެއްވާފައިވާ ގެރެންޓީއާގުޅޭ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA