އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

9 މާރިޗު 2021 12:15 ނަންބަރު 8

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، މިބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މެދު ގޮތެއް ނިންމުމެވެ. އެގޮތުން، އޮޑިޓަރ ޖެނެރަލް އޮފީހުން ފާހަގަކުރައްވާފައިވާކަންކަން ފާހަގަކޮށް ދެ ރިޕޯޓު އޮތް ގޮތަށް ފާސްކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމިއެވެ. އެއަށްފަހު އެހެނިހެން ގެ ދަށުން 2 ކަމެއް ކޮމިޓީގެ މެންބަރުން ހުށަހެޅުއްވިއެވެ. 1.ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކޮށް ހުށަހަޅުވާފައިވާ މައްސަލަ؛ މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު، މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ޙައްލުކުރުމަށް މިފްކޯ، އެސް.ޓީ.އޯ އަދި އެފް.އެސް.އެމް ގެ ބޭފުޅުންނާއި ބައްދަލުކޮށް މިމައްސަލަ ދިރާސާކުރުން. 2.ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކޮށް ހުށަހަޅާފައިވާ މައްސަލަ؛ ބިދޭސީން މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެ ގެނައުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއިން ފުރައިގެންދިއުމަށާއި، ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށާއި، ކުރިން އެ މަސައްކަތްތައް ކުރަމުން އައި ސޮފްޓްވެއަރ ބަދަލުކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާތީ މިނިސްޓްރީ އޮފް އިކޮނޮމިކް އަދި ކަމާ ގުޅޭ ބޭފުޅުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުން.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 މާރިޗު 2021

މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު، މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ޙައްލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

9 މާރިޗު 2021

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނާގުޅޭ އުސޫލުތަކާއި އެކްސްޕެޓް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދިމާވެފައިވާ ދަތިތަކާގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

10 ޖެނުއަރީ 2021

މިނިސްޓްރީ އޮފް ޓޫރިޒަމްގެ 2020 ވަނަ އަހަރުގެ އަހަރު ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

27 އޮކްޓޯބަރު 2020

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2019 ވަނަ އަހަރުގެ އަހަރު ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA