ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 މާރިޗު 2021 12:43

ނަންބަރު

15

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) އިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްތިސްނާވެގެންވޭތޯ ސާފުކުރެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އެދިވަޑައިގެންފައިވާތީ، އެ އޮތޯރިޓީ އެ ޤާނޫނުން އިސްތިސްނާވެގެންވާކަމާމެދު ކޮމިޓީން ދެކެވަޑައިގަންނަވާގޮތެއް އަންގަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައާމެދު މަޝްވަރާކުރެވުނުވެ. އަދި އެޓަރނީ ޖެނެރަލްގެ ލަފާއާ އެއްގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެ ޤާނޫނުން އިސްތިސްނާވެގެންނުވާނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީން ފާސްވެފައެވެ. (7 ވޯޓް) އެއަށްފަހު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކޮށް އެ މައްސަލަތައް ބައްލަވައި، ޒިންމާ އުފުލަންޖެހޭ ފަރާތް ޒިންމާ ކުރުވުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއްކަން ބަޔާންކޮށް ޙަސަން އަޒްލީމް، ރޭވަ/ކ. ހުރާ، ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު، މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް ނެރުއްވާ އެކިއެކި ރިޕޯޓުތައް ދިރާސާކުރެއްވުމާއި އަޅުއްވަންޖެހޭ ފިޔަވަޅުތައް ފާހަގަކުރައްވައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގެވުން ހިމެނޭކަމަށާއި އެގޮތުން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް އެ ކޮމިޓީން ކުރައްވާނެ ކަމަށް އެފަރާތަށް ދެންނެވުމަށް ނިންމެވިއެވެ. އެހެނިހެން ކަންތައްތަކުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް، 3 ސަބް ކޮމިޓީ އެކުލަވާލެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA