މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

22 މާރިޗު 2021 12:45 ނަންބަރު 16

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ސަރުކާރުގެ އިދާރާތަކުން އެކި އެކި މަޝްރޫޢުތައް އަމިއްލަ ފަރާތްތަކުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރުވުމަށްފަހު، އެ ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދިއުމާއި، އެ އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު، މުއައްސަސާތަކުން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އިންވޮއިސްތައް ޕޯސްޓްކުރައްވާ ތަރުތީބުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދެއްވައިގެން ދައުލަތުން ދައްކަވަންޖެހޭ ފައިސާ އެފަރާތްތަކަށް ދެއްކެވުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސް ޕްރޮޕަޓީސްތަކާގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތަށް ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައަކީ އެސް.އޯ.އީ ކޮމިޓީއަށްވެސް ފޮނުވިފައިވާ މައްސަލައަކަށްވާތީ، ޖޮއިންޓް-ކޮމިޓީއެއް އެކުލަވާލައިގެން މައްސަލަ ދިރާސާކުރުމަށް ނިންމެވިއެވެ. ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ފެބްރުއަރީ 2021

ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހަޅާ ޤަރާރު

ކުރިޔަށް ދަނީ

8 ފެބްރުއަރީ 2021

ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސް ޕްރޮޕަޓީސްތަކާގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތަށް

ކޮމެޓީ މަސައްކަތް ނިމިފައި

9 އޮކްޓޯބަރު 2019

ސަރުކާރުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA