ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

15 މާރިޗު 2021 12:30

ނަންބަރު

10

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު، މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތަށް ޙައްލުކޮށްދެއްވުމަށް އެދިވަޑައިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. އެއަށްފަހު، އެހެނިހެން ގެ ދަށުން 2 މައްސަލައެއް ކޮމިޓީގެ މެންބަރުން ހުށަހެޅުއްވިއެވެ. 1.ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނަށާއި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ، މިކަމާއި ގުޅިގެން ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ. 2.ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އިން މަސްވެރިންނަށް ހޯދައިދެވުނު ލުއިތަކާއި، މަސްވެރިންނަށް ހުރި ފުރުޞަތުތަކާއި، މަސްވެރިކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ޤާނޫނީގޮތުން ހުރި ފުރުޞަތުތައް އަދި މަސްވެރިކަމުގައި ކުރިއަށް ހިންގުމަށް ނިންމަވާފައިވާ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުތަކުން، ބޭރުގެ މަސްވެރި އުނޅަދުތަކަށާއި ބޭރު ޤައުމުތަކަށް މަސް ވިއްކުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ބޭފުޅުންނާއި ބައްދަލުކުރުމަށް އެދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ މައްސަލަ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
15 މާރިޗު 2021 - ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު އިން މަސްވެރިންނަށް ހޯދައިދެވުނު ލުއިތަކާއި، މަސްވެރިންނަށް އަދި މަސްވެރިކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ޤާނޫނީގޮތުން ހުރި ފުރުޞަތުތަކާއި ގުޅޭ މައްސަލަ
15 މާރިޗު 2021 - ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ
9 މާރިޗު 2021 - މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު، މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ޙައްލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ
9 މާރިޗު 2021 - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނާގުޅޭ އުސޫލުތަކާއި އެކްސްޕެޓް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދިމާވެފައިވާ ދަތިތަކާގުޅޭ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA