ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

22 މާރިޗު 2021 12:30

ނަންބަރު

13

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނަށާއި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވިއެވެ. ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ނުކުތާތައް: 1. ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތައް އަޅުއްވަމުންގެންދަނީ ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށާއި ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައިކަމަށާއި، ކޮވިޑް-19 އާއި އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް؛ 2. ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ އެޗް.އީ.އޯ.ސީއާއި ޓެކްނިކަލް ފަރާތްތަކާއެކު ޑަބްލިއު.އެޗް.އޯގެ ގައިޑްލައިންތަކާ އެއްގޮތަށްކަމަށާއި ބަލި ބޮޑަށް ފެތުރޭއިރު ފިޔަވަޅުތައް ހަރުކަށިކުރަމުންދާކަމަށް؛ 3. ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަނަކީ ބަލި ފެތުރުމުގެ ރިސްކް (ހިރާސް) ބޮޑު ތަންތަންކަމަށް ފާހަގަކުރެވޭތީ ފިޔަވަޅުތައް އެޅުމުގައި އެކަންކަމަށް ރިޢާޔަތްކުރަމުންދާކަމަށް؛ 4. ކުއްލި ނުރައްކަލުގެ ޙާލަތު އޮތުން މުޙިންމުކަމަށާއި އެއީ ފިޔަވަޅުތައް އެޅެން އަންނަނީ އެ ޙާލަތު އޮވެގެންކަމަށް؛ 5. ބިޒްނަސް ކޮންޓިއުނިޓީ އުސޫލުގެ ގައިޑްލައިންތައް ދެމުންގެންދާކަމަށާއި، ފިޔަވަޅުތަކާ ގުޅޭގޮތުން ރެސްޓޯރަންޓް އެސޯސިއޭޝަންއާ މަޝްވަރާކުރުންތައް ކުރިއަށް ގެންދަވާކަމަށް؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA