ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

29 މާރިޗު 2021 13:10 ނަންބަރު 19

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތްއިން ރާއްޖެއަށް ގެންނަވަން މަސައްކަތްކުރައްވާފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދަޢުވާނުކުރައްވަން ނިންމެވިކަން އެންގެވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކުރެއްވިއެވެ. އަދި އެއަށްފަހު، އެ މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، ވެންޓިލޭޓަރުތައް ގެންނެވުމަށް މިނިސްޓްރީ އޮފް ހެލްތްއިން ވެފައިވާ އެއްބަސްވުމުގެ ކޮޕީވެސް ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ހިއްސާކުރައްވާފައިވާ މަޢުލޫމާތު ހޯއްދެވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ކޮމިޓީއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ފޮނުއްވާފައިވާ ސިޓީތަކާ ގުޅޭގޮތުން ވެސް ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 މާރިޗު 2021

މިހާރު ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނާގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

9 މާރިޗު 2021

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަތައް ލަސްވާކަމުގެ ޝަކުވާއާ ގުޅިގެން ކޮމިޓީން ބައްލަވާ މައްސަލަ

ކުރިޔަށް ދަނީ

9 ފެބްރުއަރީ 2021

ޖުޑީޝިއަރީ ކޮމިޓީން ވެންޓިލޭޓަރު މައްސަލަ ދިރާސާކުރައްވައި ފޮނުއްވި ރިޕޯޓާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ދިރާސާކުރައްވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA