ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

13 ނޮވެމްބަރު 2019 17:00

ނަންބަރު

43

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 43 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެމް.އާރު.ޑީ.ސީ އިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ސިވިލް ސަރވިސްއިން ވަޒީފާ ދޭން ހަމަޖެއްސުމުން މުސާރައިގެ ތަފާތުތަކެއް ހުރުމުން، މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލެއްގެނެސްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން އެމް.އާރު.ޑީ.ސީ ގައި ތިބި ޖުމްލަ 326 މުވައްޒަފުންގެ ތެރެއިން 220 މުވައްޒަފުންނަށް ސިވިލް ސަރވިސް އިން ވަޒީފާ ހަމަޖައްސަދީފައިވާކަމަށާއި، ބާކީ ތިބި މުވައްޒަފުންގެ ތެރެއިން 55 އަހަރުވެފައި ނުވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދެއްވާނެކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވިއެވެ. އަދި މުސާރައިގެ ތަފާތުތަކަކީ ސިވިލް ސަރވިސްގެ މަޤާމުތަކަށް ކަނޑައަޅާފައިވާ މުސާރައިގެ ސަބަބުން އައިސްފައިވާ ތަފާތުތަކަކަށްވާތީ، އެއީ މިނިސްޓްރީއަށް ޙައްލުގެނެވޭނެ މައްސަލައެއް ނޫންކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
6 ނޮވެމްބަރު 2019 - ޕަބްލިކް ވަރކްސް އައްޑޫސިޓީ 2 ޔުނިޓްގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA