ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

25 ނޮވެމްބަރު 2020 10:00

ނަންބަރު

22

2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކުރައްވާފައިވާ "ދވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" އަށް ޢަމަލުކުރުމުގައި ދަތިތަކެއް ހުރިކަމަށް ކަމާގުޅޭ އިދާރާތަކުން ދަންނަވާފައިވާތީއާއި، އެ ގަވާއިދު އެކުލަވާލާފައިވަނީ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާނުކޮށްކަމަށް ފާހަގަކުރެވޭތީ އެކަން ބައްލަވައިދެއްވުން އެދި އިޤްތިސާދީ ކޮމިޓީން ސިޓީއެއް ފޮނުއްވާފައިވަނިކޮށް، އެ ގަވާއިދު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން އުވާލާފައިވާތީ، އެ ގަވާއިދު އުވާލެވުނު ސަބަބާ އަދި އާ ގަވާއިދެއް އެކުލަވާލެވޭނެ ތާރީޚަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ ބައްދަލުކުރެއްވިއެވެ. މިގޮތުން ޝިޕިންގ އޭޖެންސީއާބެހޭ އާ ގަވާއިދެއް އެކުލަވާލައި ގެޒެޓްކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، އެހެންނަމަވެސް ފްރައިޓް ފޯވަރޑިންގ ޚިދުމަތަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޚިދުމަތަކަށްނުވާތީ، ގެޒެޓްކުރެއްވުމަށް ފޮނުވާފައިވާ ގަވާއިދުން އެ ޚިދުމަތް ރެގިއުލޭޓް ނުކުރެވޭނެކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ. އެއަށްފަހު މި މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތް ރެގިއުލޭޓްކުރުމަށް ޤާނޫނީ ގޮތުން އޮތް ޙައްލަކީ ކޮބައިކަމާއި، އެ ޚިދުމަތް ރެގިއުލޭޓްކުރުމަށް ގަވާއިދެއް އެކުލަވާލެވޭނީ ކޮން ޤާނޫނެއްގެ ދަށުންކަން ސާފުކުރެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަސް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA