ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

29 މާރިޗު 2021 12:37

ނަންބަރު

18

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސަތަކާގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތަށް ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކޮށް، މި މައްސަލާއާމެދު ވަކިން މަޝްވަރާ ކުރުމަށްފަހު، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށްވެސް އެ މައްސަލަ ގޮސްފައިވާތީ، އެ ކޮމިޓީއާއެކު ޖޮއިންޓް ސެޝަނެއް ބާއްވައި، މި މައްސަލައާމެދު ގޮތެއް ނިންމުމަށްވަނީ ނިންމާފައެވެ. އަދި ޕޭމަންޓު ސިސްޓަމާއި ޕޭމަންޓު ޚިދުމަތްތަކުގެ ބިލު ސަބް-ކޮމިޓީއިން ދިރާސާކޮށް، ފޮނުއްވާފައިވާ ރިޕޯޓް އެ ސަބް-ކޮމިޓީގެ މުޣައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދުކޮށް، ކޮމިޓީގެ ޢިއްތިފާޤުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA