ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

30 މާރިޗު 2021 12:40

ނަންބަރު

19

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2012، 2013، 2014، 2015 އަދި 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޒަކާތު ފައިސާއާ ގުޅޭގޮތުން އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ގެ 5 ވަނަ ނުކުތާގައިވާ އެޑްވާންސް އަދި ރިޓެންޝަން ފައިސާގެ ޢަދަދު ވަކިވަކިން ހޯއްދެވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމަށް ނިންމަވައި، އެ އޮޑިޓް ރިޕޯޓްގެ 2 ވަނަ ނުކުތާގައިވާ، އަތޮޅުތެރޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ދިނުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ފޮނުވާފައިވާ ފައިސާ ޚަރަދުވިކަން ޔަޤީން ނުވަނީސް ޚަރަދުކުރެވިފައިވާ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ މައްސަލައާގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީން ހޯއްދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA