ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

31 މާރިޗު 2021 12:00

ނަންބަރު

18

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤުދުރަތީ ކާރިސާތަކުގެ ސަބަބުން، ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންޝުއަރެންސް ނިޒާމެއް އޮތުމަކީ މުހިންމުކަމެއް ކަމުގައިވެފައި، ރަނގަޅު ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފުރިހަމަކުރުމަށާއި އަދި މިކަން ކޮމިޓީއިން ބެއްލެވުމަށް "މޭ މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު"ގައި ހުށަހަޅާފައިވާތީ، އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ރާއްޖޭގެ އިންޝުއަރެންސް ޚިދުމަތްދޭ ކުންފުނީތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލާއި އެކީ އެކުލަވާލައި ފޮނުވާފައިވާ ޕޮލީސް ކަރުދާހާއި މެދު މަޝްވަރާކުރެއްވުމަށްފަހު، ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ އިންޝުއަރެންސް ކުންފުނިތަކާއި ބައްދަލުކުރުމަށް ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ޢާންމު ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީތަކާ ގުޅޭގޮތުން އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ޖަވާބާމެދު ކޮމިޓީގެ މެންބަރަކު އިޢުތިރާޒްކުރުމުން، އެ ސިޓީތަކާމެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުދި މެދު ފަންތީގެ ވިޔަފާރިތަކެއްގެ ހައިސިއްޔަތުން، މިވަޤުތު ދިވެހިރާއްޖޭގެ ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ސިނާޢަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް މިވަގުތު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގުޅިގެން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވުމަށްފަހު، މިމައްސަލައާއި ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA