ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2021 14:15

ނަންބަރު

24

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައ މިނިސްޓްރީ އޮފް ހެލްތްއިން ދިވެހިރާއްޖެ ގެނައުމަށް މަސައްކަތްކުރެއްވި ވެންޓިލޭޓަރތަކުގެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީތައް ދިރާސާކުރުމުގެ މަސައްކަތް ކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ފަހުގެ ތާރީޚެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކުރުމަށް ނިންމިއެވެ. މީގެއިތުރުން، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށް ކޮމިޓީން ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA