ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2021 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

19 އޭޕްރީލު 2021 12:00 ނަންބަރު 22

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ދިރާސާކުރެއްވުމެވެ. އެ ގޮތުން ބިލުގެ 5 ވަނަ މާއްދާގެ (ބ) އިން ފެށިގެން 20 ވަނަ މާއްދާގެ ނިޔަލަށް އިސްލާހް ކުރެއްވިއެވެ. ދެން ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ނަންބަރު (2020/22) ސަބް-ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާމެދު ގޮތެއްނިންމެވުމެވެ. އެގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީގެ އަޣުލަބިއްޔަތުން ބިލަށް ގެންނަންފެންނަ އިސްލާހްތައް ފާސްކުރައްވައި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ނިންވަމާލެއްވިއެވެ. އަދި ބިލުގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޯގަސްޓު 2020

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/22)

ކޮމެޓީ މަސައްކަތް ނިމިފައި

6 ޖުލައި 2020

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA