ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

18 ނޮވެމްބަރު 2019 11:00

ނަންބަރު

45

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 45 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކެމިކަލް ގުދަންތައް ތިލަފުށީގައި ހެދުމަށް ބަޔަކާ ޙަވާލުކުރެވިފައިވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އެ ކުންފުނީގެ ބޯޑަށް އެންގުމަކާނުލާ އަދި ބިޑު ކުރުމަކާނުލާކަމަށް ބަޔާންކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ހުށަހަޅާފައިވާ މައްސަލައާ އަދި ތިލަފުށީގައި އޮތް އެމްވީ ސީހޯމް ސަފަޔާރ ނަމަކަށް ކިޔާ ބޯޓު ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެފަދަ ކަންތައް ނިންމަވަންޖެހޭ އުޞޫލުގެ ދަށުންތޯ ބެއްލެވުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ ދެ މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ބޯޑު މެންބަރުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި މި ދެ މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ހޯދުމަށް ކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA