ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

24 މާރިޗު 2021 10:10 ނަންބަރު 22

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓެލްކޯގެ މުވައްޒަފުންނާ ގުޅޭ މައްސަލަތަކުގެ ރިޕޯޓާ މެދު މަޝްވަރާކޮށް، ތިރީގައިވާ ހުށަހެޅުންތަކާއެކު ކޮމިޓީގެ ރިޕޯޓް ފާސްކުރެއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ޢިމާރާތްކުރާ ފްލެޓްތަކާ ގުޅޭ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އަދި ސްޓެލްކޯގެ އިތުރުން ބޯހިޔާވެހިކަމުގެ މަޝްރޫޢު ހިންގާ ސަރުކާރު ޙިއްޞާވާ އެހެނިހެން ކުންފުނިތައް ކަމުގައިވާ އެމް.ޕީ.އެލް، އެމް.ޑަބްލިއު.އެސް.އީ، އެސް.ޓީ.އޯ، އެމް.އޭ.ސީ.އެލް އަދި އެމް.ޓީ.ސީ.ސީއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ސިޓީ ފޮނުއްވާފައިވާ ވާހަކަ މެންބަރުންގެ މަޢުލޫމާތަށްޓަކައި މުޤައްރިރު ޙިއްޞާކުރެއްވިއެވެ. އެސް.ޓީ.އޯ މެޑިކަލް ކޮންޒިއުމަބްލްސްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމިގޮތުގެ ރިޕޯޓް މެންބަރުންނާ ޙިއްޞާކޮށް މައްސަލަ ނިންމާލެއްވިއެވެ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 މާރިޗު 2021

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA