ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

21 އޭޕްރީލު 2021 12:00

ނަންބަރު

20

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅާފައިވާ މައްސަލައިގެ ސުންގަޑި ހަމަވެފައިވާތީ ސުންގަޑިއާ މެދު ގޮތެއް ނިންމައި މައްސަލައާ މެދު މަޝްވަރާކުރުމެވެ. އެގޮތުން، މި މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑި އަކީ 29 އެޕްރީލް 2021 ކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކޮށް ހުށަހެޅި ހުށަހެޅުން ވަނީ ކޮމިޓީގެ އަޤްލަބިއްޔަތުން ފާސްކުރައްވާފައެވެ. އެއަށްފަހު، މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، ހުށަހަޅުއްވާފައިވާ މައްސަލައިގައިވާ މައިގަނޑު ކަންކަމަށް މިހާރު ހައްލު ލިބިފައިވާތީއާއި، ރެސްޓޯރަންޓް އެސޯސިއޭޝަން ގެ ފަރާތުން ފޮނުއްވާފައިވާ ކަންކަން ކަމާއި ގުޅޭ އިދާރާތަކުން ސާފުކުރުމަށްފަހު، ކޮމިޓީން މިމައްސަލައިގެ ރިޕޯޓު ތައްޔާރުކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވައި ހުށަހަޅުއްވާފައިވާ ހުށަހެޅުން ވެސް ކޮމިޓީގެ އަޤްލަބިއްޔަތުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA