ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

27 އޭޕްރީލު 2021 12:00

ނަންބަރު

22

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ބިދޭސީން މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެ ގެނައުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއިން ފުރައިގެންދިއުމަށާއި، ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށާއި، ކުރިން އެ މަސައްކަތްތައް ކުރަމުން އައި ސޮފްޓްވެއަރ ބަދަލުކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެގޮތުން، މިމައްސަލައާއި ގުޅިގެން 2 ހުށަހެޅުމެއް ހުށަހެޅިގެން ދިޔައެވެ. އެއީ، ހުށަހެޅުން 1؛ މިމައްސަލައާއި ގުޅިގެން ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރެވިފައިވާތީ، މިމައްސަލަ ކޮމިޓީން ނިންމައި މި މައްސަލައާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައިގެ އިތުރުން، ބައެއް ކުންފުނިތަކުން މި މައްސަލައާއި ގުޅިގެން ފޮނުވާފައިވާ މައްސަލައަށް ކޮމިޓީން ސާފުކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޖަވާބެއް އެރުވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުން. ހުށަހެޅުން 2؛ ހުށަހެޅިފައިވާ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައިނުވާތީ، ކަމާއިގުޅުން ހުރި ފަރާތްތަކާއި އަދިވެސް ބައްދަލުކޮށް އިތުރަށް މައުލޫމާތު ސާފުކުރުމަށް އެދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއިދު ކުރައްވައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުން. މި ދެހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ވެސް ހުށަހެޅުންތައް ފާސްވާ ވަރަށް ވޯޓު ލިބިފައިނުވާތީ، މި ދެ ހުށަހެޅުން ވެސް ވަނީ ފާސްނުވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA