ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

2 ޑިސެމްބަރު 2020 10:00

ނަންބަރު

24

2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު 31 ޑިސެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ ގަވާއިދުތަކުގެ މުއްދަތު 2021 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އިތުރުކުރެއްވުމަށް ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި ނިންމެވުމާ ގުޅިގެން އެޓަރނީ ޖެނެރަލް އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ، މި މައްސަލައާ ގުޅޭގޮތުން މެންބަރުން އިތުރަށް މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު ސެޕްޓެންބަރު 2021 ގެ ނިޔަލަށް އިތުރުކުރެއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑަިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA