އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

24 އޯގަސްޓު 2019 11:00 ނަންބަރު 17

ޚުލާސާ

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން، މަސްވެރިންގެ އަތުން މަސްގަންނަ ފަރާތެއް ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމެވެ. އެގޮތުން ބިލުގައިވާ ކަންކަމާއި ގުޅޭ ގޮތުން ހުރި މައްސަލަތަކާއި ކަންބޮޑުވުންތަށް މިފްކޯގެ ބޭފުޅުން ކޮމިޓީއާއި ހިއްޞާ ކުރެއްވިއެވެ. ކޮމިޓީ ނިންމަވާލެއްވިއިރުގައި، މިފްކޯއަށް ގަންނަ މަހުގެ ތަފާސް ހިސާބުތައް ލިޔުމުން ފޮނުއްވާދެއްވުމަށް ކޮމިޓީން އެދިވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަކީ؛ 1. އިސްމާޢިލް ފައުޒީ ޗީފް އެގްޒެކްޓިވް އޮފިސަރ 2. އަޙްމަދު ޝަރީފް ޗީފް ސޭލްސް އެންޑް މާކެޓިންގ އޮފިސަރ 3. މުޙައްމަދު ޝަމީމް މެނޭޖަރ 4. މުޙައްމަދު ދީދީ މެނޭޖަރ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 އޯގަސްޓު 2019

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA