ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2021 12:15

ނަންބަރު

21

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ޕޭމަންޓު ސިސްޓަމާއި ޕޭމަންޓު ޚިދުމަތްތަކުގެ ބިލު ސަބް-ކޮމިޓީއިން ދިރާސާކޮށް، ފޮނުއްވާފައިވާ ރިޕޯޓާމެދު މަޝްވަރާކުރެއްވިއެވެ. އަދި ބިލުގެ 64 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް ބަދަލުކުރެއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކުރެއްވިއެވެ. އަދި މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުއްވުން ފާސްވިއެވެ. އެހެންކަމުން، ބިލުގެ އެ މާއްދާ އިޞްލާޙްކުރެއްވުމަށްފަހު، ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. ގަވާއިދު ހަދައި ހިންގުން 64. (ހ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ހިންގާނީ އޮތޯރިޓީންނެވެ. އަދި މި ޤާނޫނުގައި ވަކި ކަމަކަށް ގަވާއިދު ހަދަންޖެހޭކަމަށް ބުނާ ކަންކަމާ ގުޅޭ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ. 2. އެއަށްފަހު، އެކްސެލެރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ ޕްރޮޖެކްޓްއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ) އިން ދެއްވާފައިވާ 8.8 މިލިއަން ސްޕެޝަލް ޑްރޮވިންގ ރައިޓްސްގެ ހިލޭ އެހީއާ އައިޑާ މެދުވެރިކޮށް ގްރީން ޓެކްނޮލޮޖީ ފަންޑް އިން ދެއްވާފައިވާ 7 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އަދި 23 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އައިޑާއާ ދެމެދު 2 މާރިޗު 2021 ގައި ސޮއިކޮށްފައިވާތީ، މި ލޯނާ ގުޅޭ މަޢުލޫމާތު މެންބަރުންނާ ޙިއްސާކުރެއްވިއެވެ. 3. މީގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA