ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

30 ޖޫން 2020 12:05

ނަންބަރު

25

2020 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައިވާ ޔޫރަޕިއަން ޔޫނިއަންގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެ ޤައުމުތަކުގެ ބޯޑަރުތަކުން އެތެރެވެވޭ ޤައުމުތައް ހިމެނޭ "ސޭފް ލިސްޓް" ގައި ދިވެހިރާއްޖެ ހިމެނިފައިނުވާކަން ފާހަގަކޮށް، އެ ލިސްޓްގައި ދިވެހިރާއްޖެ ހިމެނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައްސަލައެވެ. މިމައްސަލައާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މި މައްސަލައާއި ގުޅިގެން މިނިސްޓަރ އޮފް ޓޫރިޒަމް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA