ލާމަރުކަޒީ ކޮމިޓީ

2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

24 އޭޕްރީލު 2020 17:00 ނަންބަރު 10

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޯވިޑް-19 ރީޖަނަލް ސަޕޯޓް ސެލްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކުރުމާ ގުޅޭގޮތުން ލޯކަލް ގަވަރންމެންޓް އޮތޯރިޓީއާ މަޝްވަރާކުރެއްވިއެވެ.އެގޮތުން، ހުރިހާ އަތޮޅުތަކަކާއި މާލެ ސިޓީ ނޫން ހުރިހާ ސިޓީތަކެއްގައި ކޯވިޑް-19 އާ ގުޅުންހުރި ކަންތައްތައް ބެލެހެއްޓުމަށް އުފައްދާ ރީޖަނަލް ސެލްގައި ލާމަރުކަޒީ ކޮމިޓީގެ ފަރާތުން މެންބަރަކު ބައިވެރިވާ ގޮތަށް ނިންމެވިއެވެ.އަދި. ރީޖަނަލް ސެލްގެ ތެރޭގެ އޮންނަ އެޓޯލް ކޯޑިނޭޝަން ބައިގައި ކޮންމެ އަތޮޅަކަށް ކަނޑައަޅާާފައިވާ އެލްޖީއޭ ގެ ފޯކަލް ޕޮއިންޓާ އެކީ އެ އަތޮޅެއްގެ ދާއިރާތަކުގެ މެންބަރުން ބައިވެރިވާ ގޮތަށް ނިންމެވިއެވެ.އެއަށްފަހު، ރީޖަނަލް ސެލްއަކީ ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މަސައްކަތާ ގުޅޭ ސެލްއަކަށް ވާތީ، މާލޭގެ މެންބަރުންނަށް އެ ދާއިރާތަކުގެ މަޢުލޫމާތު އެންމެ ފުރިހަމައަށް ލިބިދިނުމަށްޓަކައި މާލެ ސަރަޙައްދުގައި ކުރިޔަށްދާ އޮޕަރޭޝަންގަ މާލޭގެ ކޮންމެ އަވަށަކުން އެއް މެންބަރަކު ބައިވެރިކުރެވޭ ގޮތަށް މުލިއާގޭގައި އޮންނަ ކޮވިޑް ޓާސްކް ފޯސްގެ ބައްދަލުވުމަށް އެލްޖީއޭ ގެ ފަރާތުން ހުށަހެޅުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 އޭޕްރީލު 2020

އެލް.ޖީީ.އޭގެ ބޭފުޅުންނާ ބައްދަލުކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA