ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

17 ޖޫން 2019 16:15

ނަންބަރު

3

2019 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭ ހިމެނޭ އިދާރާތަކާއެކު ބާއްވަވާ ތަޢާރަފްގެ ބައްދަލުވުންތައް ބޭއްވުމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގެ ބައްދަލުވުމަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގެ ޙާލަތު ދެނެގަތުމުގެ ގޮތުން، އެ މަރުކަޒަށް ޒިޔާރަތްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގެ ބައްދަލުވުމަށް އެވަގުތު ހާޒިރުވެވަޑައިގެން ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވި ތިންވަނަ ކަމަކަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާޠިލްކޮށްފައިވާ މައްސަލައެއް ކޮމިޓީއަށް ހުށަހެޅި، އެ މައްސަލަ ކޮމިޓީން ބެއްލެވުމަށް ފެނިވަޑައިގަންނަވާކަމަށާއި، މި މައްސަލަ ދިރާސާކުރެއްވުމަށް 3 މެންބަރުންގެ ސަބް-ކޮމިޓީއެއް ހޮއްވެވުމަށް، ކޮމިޓީގެ ބައްދަލުވުމަށް އެވަގުތު ހާޒިރުވެވަޑައިގެން ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވި. މި މައްސަލަ ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން: 1. ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު 2. އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް 3. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހަތަރުވަނަ ކަމަކަށް 2019 ވަނަ އަހަރުގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓާގުޅޭގޮތުން މަޖިލީހުގެ ތަޅުމުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް 3 މެންބަރުންގެ ސަބް-ކޮމިޓީއެއް ހޮއްވެވުމަށް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވި މި މައްސަލަ ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން: 1. ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް 2. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ 3. ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA