ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

5 މޭ 2020 22:35

ނަންބަރު

11

2020 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020 ގެ ސުންގަޑި ކަނޑައެޅުމާބެހޭގޮތުން މަޝްވަރާކުރައްވައި ބިލް ދިރާސާކުރެއްވިއެވެ. އެގޮތުން، މި ބިލް ދިރާސާކުރެއްވުމަށް، ސުންގަޑީގެ ގޮތުގައި ދެ ހަފްތާގެ މުއްދަތު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރައްވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެވުނެވެ. ހަމައެއާއެކު، ބިލް ދިރާސާކުރެއްވުމުގެ މަރުޙަލާގައި، ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯއްދެވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ، އެޓާރނީ ޖެނެރަލް އާއި، އެލް.ޖީ.އޭ އަދި މި ބިލް ހުށަހެޅުއްވި މެންބަރު، ކޮމިޓީއަށް ޙާޒިރުކުރައްވައި މަޝްވަރާކުރެއްވުމަށާއި އާންމު ރައްޔިތުންގެ ޚިޔާލަށް ހުޅުވާލުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA